އެސްއެމްއީ ބޭންކު މެދުވެރިކޮށް އައްޑޫ އާއި ފުވައްމުލަކުގައި ގެސްޓު ހައުސް އަޅަން ލޯނު ދޫކުރަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
އެސްއެމްއީ ބޭންކު މެދުވެރިކޮށް އައްޑޫ އާއި ފުވައްމުލަކުގައި ގެސްޓު ހައުސް އަޅަން ލޯނު ދޫކުރަނީ!

އެސްއެމްއީ ބޭންކު މެދުވެރިކޮށް އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި ގެސްޓު ހައުސް އެޅުމަށް ލޯނު ދޫކުރުމަށް ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ. 

އިކޮނޮމިކް މިނިސްޓްރީން މިހެން ބުނެފައވަނީ އެމިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ފައްޔާޒު އިސްމާއިލު ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ގެސްޓު ހައުސް އަށް ހާއްސަކޮށްގެން އައްޑޫ އާއި ފުވައްމުލަކަށް އެސްއެމްއީ ބޭންކުން އެއް މިލިއަން ރުފިޔާގެ ފެސިލިޓީއެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށާއި ގެސްޓު ހައުސްގެ ވިޔަފާރި އަތޮޅުތެރޭގެ އެކި ރަށްތަކުގައި ތަރައްގީ ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު ސިޔާސަތެއް ކަމަށެވެ.

އިންޓަނޭޝަނަލް އެއާޕޯޓެއް މިހާރުވެސް އައްޑޫގައި އޮތުމުން ޓޫރިސްޓު އެނދުގެ އަދަދު އިތުރުކުރަން ބޭނުންވާ ކަމަށްވެސް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

 

މިއަދު އޮންލައިން