މޯލްޑިވްސް އިސްލާމިކް ބޭންކުން ހިއްސާ ވިއްކަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 49ސ
މޯލްޑިވްސް އިސްލާމިކް ބޭންކުން ހިއްސާ ވިއްކަނީ!

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އާންމުންނަށް ހިއްސާ ވިއްކުމަށް ނިންވައިފިއެވެ.

އިސްލާމިކް ބޭންކުން އާންމުންނަށް ވިއްކުމަށް ހުށަހަޅާފައިވަނީ 244 މިލިއަން ރުފިޔާގެ ހިއްސާ އެވެ. އެއީ އެމްއައިބީގެ 4.5 މިލިއަން ހިއްސާ 157 މިލިއަން ރުފިޔާއަށް އަދި އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވެލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓާގެ 2.4 މިލިއަން ހިއްސާ 87 މިލިއަން ރުފިޔާ އަށެވެ. 

އިސްލާމިކް ބޭންކުން ހިއްސާ އެއް 35 ރުފިޔާ ވިއްކުމަށް ހަމަޖައްސާފައިވާއިރު ވިއްކާ ހިއްސާގެ ޖުމްލަ އަދަދަކީ 6،975،000 އެވެ. އަދި އިސްލާމިކް ބޭންކުގެ ޖުމްލަ ހިއްސާގެ 31 ޕަސެންޓް ވިއްކުމަށް ވަނީ ހަމަޖައްސާފައެވެ.

ހިއްސާ ވިއްކުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. 

 

މިއަދު އޮންލައިން