ލުތުފީ ގެންނަން ކުރާ މަސައްކަތް ފުލުހުން ސާފު ކޮށްދޭން ޖެހޭ، ކަންކަން ވަންހަނާ ކުރުމަކީ އޯގާތެރި ސަރުކާރުގެ ސިފައެއް ނޫން: ޙަސަން ލަތީފު

ކިޔުމަށް ހޭދަވާނީ 1މ 14ސ
ލުތުފީ ގެންނަން ކުރާ މަސައްކަތް ފުލުހުން ސާފު ކޮށްދޭން ޖެހޭ، ކަންކަން ވަންހަނާ ކުރުމަކީ އޯގާތެރި ސަރުކާރުގެ ސިފައެއް ނޫން: ޙަސަން ލަތީފު

ނޮވެމްބަރ 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުކޮށްލި އިސް މޭސްތިރި ކަމަށްވާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެންނަން ފުލުހުން ކުރާ މަސައްކަތްތައް ރައްޔިތުންނަށް ސަފުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަތީފު ގޮވާލައްވައިފިއެވެ.

ޝްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް އަމިއްލައަށް ހާޒިރުވެ ސަރުކާރުގެ ބެލުމުގެ ދަށަށް ދިޔަކަމަށް ބުނާއިރު، އެކަމުގެ މައުލޫމާތު ފުލުހުންނާއި ސަރުކާރުން އޮތީ ފޮރުވާފައެވެ.  

ލުތުފީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިކަމާއި ރާއްޖެ ގެންނަން މަސައްކަތް ކުރަމުންދާކަން ފުލުހުން އާއްމުކޮށްފައިވަނީ އެވާހަކަތައް ސޯޝަލް މީޑިއާގައު ފެންމަތިވެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާން ފެށުމުންނެވެ. އެގޮތުން 48 ގަޑިއިރު ތެރޭގައި ލުތުފީ އަނބުރާ ރާއްޖެ ގެންނާނެކަމަށް އިއުލާނު ކުރުމަށްފަހު، ފުލުހުނަށް އަދި މިހާތަނަށް ވެސް އޭނާ ރާއްޖެ ގެނެވިފައެއް ނުވެއެވެ. ސަބަބަކީ ޤާނޫނީ ލިޔެކިޔުންތަކެއް ފުރިހަމަ ނުވެ ހުރުން ކަމުގައި ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މިކަމާމެދު ޙަސަން ލަތީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް ކުރާ މަސައްކަތެއް އޮތިއްޔާ ފުލުހުން އެކަމެއް ސާފުކޮށް ރައްޔިތުންނަށް ކިޔައިދޭން ޖެހޭ. ކަންކަން ވަންހަނާ ކުރުމަކީ އޯގާތެރި ސަރުކާރުގެ ސިފައެއް ނޫން" މިހެންނެވެ. އެމަނިކުފާނުވަނީ މިޓްވީޓްގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވެސް ޓެގް ކުރައްވާފައެވެ.

މިއަދު އޮންލައިން