ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ، މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު ގެއްލިގެން ހޯދަމުންދިޔަ، ދަފްތަރު ނަންބަރު 2997/ އަބްދުﷲ ޝާއިމް ފެއްނިއްޖެއެވެ.
އެނގިފައިވާ ގޮތުގައި ޝާއިމް ފެނިފައިވަނީ ބުރުމަގު މާފަންނުކޮޅުގައި ހުރި ގެއަކަށް ފުލުހުން ގަދަކަމުންވަދެ، އެގެ ބަލައިފާސްކުރުމުންނެވެ. އެގޭގައި ފުލުހުން މިހާރު "ސާރޗް އޮޕަރޭޝަނެއް" ޖައްސާ، ތަހުގީގުތަކެއް ކުރަމުންދާ ކަމަށް ވެސް އިތުބާރުހުރި ފަރާތަކުން "މިއަދުނޫހަށް" މައުލޫމާތު ދެއްވާފައިވެއެވެ.
ޝާއިމް މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އުމުރުން 14 އަހަރުގެ ޝާއިމް އަބްދުﷲ ކުޑަކުދިންގެ ހިޔާގައި ހުއްޓާ ގެއްލުނު މައްސަލައިގައި ޖެންޑާ މިނިސްޓަރ ޝިދާތާ ޝާރީފަށާއި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއިރު، އެމައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިންނާއި މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމެޓީން ވެސް ވަނީ ބަލާފައެވެ.
ޝާއިމް ގެއްލުމާއި ގުޅިގެން ސުވާލު ކުރެއްވުމަށް ޖެންޑާ މިނިސްޓަރު މަޖިލިހަށް ހާޒިރުކުރުމަށް ނޯޓިސްވެސް ފޮނުވާފައިވެއެވެ. މިނިސްޓަރ މަޖިލިހަށް ހާޒިރުކުރުމަށް ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ މެމްބަރު ޙުސެއިން މުޙައްމަދު ލަތީފު އެވެ.
ޖެންޑާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ޝިދާތާ ވިދާޅުވެފައިވަނީ، ޝާއިމް އަކީ ކުށުގެވެށިން ގެނެސް، އެސެސްމެންޓެއް ހެދުމަށް ބަހަށްޓާފައިހުރި ކުއްޖެއް ކަަމަށާއި އޭނާ ފިލި ކަމަށެވެ.
މީގެއިތުރުން އޭނާ ގެއްލުނީ ބަލަންވާ ވަރަށް ބެލިފައި ނެތުމުންކަމަށް ޤަބޫލު ކުރައްވާ ކަމަށް ވެސް ޖެންޑާ މިނިސްޓަރ އެއްބަސްވެ ވަޑައިގެންފައިވެއެވެ. މިނިސްޓަރ ވިދާޅުވީ، ހިޔާގައި ކުދިން ބެލެހެއްޓުމުގެ މަސައްކަތުގައި ތިބޭ މުވައްޒަފުންނަކީ އެކަމަށް ޚާއްސަ ތަމްރީނު ލިބިފައިތިބި މީހުން ނޫން ކަމަށެވެ.
Just wanted to inform you that we have forcefully entered in to a house in Male’ and taken Shaim Abdulla in to our custody. The previous tweet was about a footballer signing for Juventus today. It’s OK to take a break to tweet about something unrelated to one’s official position.
— Mohamed Hameed (@M_Hameedh) July 1, 2019