ސެކިއުރިޓީގާޑް ބަނދެ, މަގޫދޫ ކައުންސިލްގެ ތިޖޫރީ ފަޅާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 28ސ
ސެކިއުރިޓީގާޑް ބަނދެ, މަގޫދޫ ކައުންސިލްގެ ތިޖޫރީ ފަޅާލައިފި

ފ. މަގުދޫ ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބަލަހައްޓަން ހުރި ގާޑް ބަނދެ، ތިޖޫރީ ހަލާކުކޮށްލައި ތިޖުރީގައި ހުރި ފައިސާ ވަގަށް ނަގައިފިއެވެ.

މިހާދިސާ ހިނގާފައިވަނީ ރޭ 3:30 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ފައިސާ ވަގަށް ނަގާފައިވަނީ ކައުންސިލް އިދާރާގެ ސެކިއުރިޓީ ގާޑް ބަނުމަށް ފަހު، އެ ތަނުގެ ދޮރު ހަލާކުކޮށްލައިގެން އެ ތަނުގެ ތެރެއަށް ވަދެގެން ކަންމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި ތިޖޫރީގައިހުރީ ހުރީ ވަރަށް މަދު އަދަދެއްގެ ފައިސާއެވެ.

ފުލުހުން މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.

މިއަދު އޮންލައިން