މިިދިޔަ އޭޕްރީލް މަހު ގ.ދ ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ ފެނުނު މަސްތުވާތަކެތީގެ މައްސަލައިގައި ފަސް މީހަކަށް ދައުވާކޮށްފިއެވެ.
މި މައްސަލައިގައި މައްސަލައިގައި ދައުވާކުރީ ގދ. ގައްދޫ، އެދުރުގެ، އަހުމަދު ހަލީލް 42، ގއ. ކޮނޑޭ، ރޮމޭންސް ޝަފީޒް މުހައްމަދު 35، ގއ. ނިލަންދޫ ފިރްޝާންވިލާ އަލީ ޝާކިރު 30، ގއ. ކޮނޑޭ ގަހާކޯޅި އަހުމަދު އަނިލް 34 އަދި ގދ. ގައްދޫ އެދުރުގެ ޔާމިހް ހާލިދު 23 ގެ މައްޗަށެވެ.
ހުޅުވާރުލުން ފެނުނު ހެރޮއިން އާއި ކެނަބިސްގެ މަގުމަތީ އަގު 260 މިލިއަން ރުފިޔާއަށް އަރަ އެވެ