ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް ބޮޑުކުރަން ހުށަހަޅައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 35ސ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް ބޮޑުކުރަން ހުށަހަޅައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އިނާޔަތް ބޮޑުކުރަން ހުށަހަޅައިފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއެވެ.

މި ގާނޫނު އިސްލާޙު ކުރެވޭ ތާރީހުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުން އެމީހަކު އުނިކުރެވުމާއި ހަމައަށް 5000 ރުފިޔާ އާއި 7000 ރުފިޔާއާ ދެމެދުގެ އެލަވަންސެއް ދޭން ވާނެ ކަމަށް މި އިސްލާހުގައި ބުނެފައެވެ.

އަދި މީގެއިތިރުން ދިގު މުއްދަތަކަށް އެނދުމަތި ކުރެވިފައިވާ މީހުންނަށް މަދުވެގެން 9000 ރުފިޔާގެ އެލަވަންސެއް ދޭން ވާނެ ކަމަށް ވެސް މިއިސްލާހުގައިވެއެވެ.

މިއަދު އޮންލައިން