ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް ގާނޫނުގެ ދަށުން އުފެދުނު ބާ ކައުންސިލްގެ އިންތިޚާބު މިމަހުގެ 13 ވަނަ ދުވަހު ބާއްވަން ނިންމައި، މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނުގައި ބުނީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ އިންތިޚާބު މިމަހުގެ 13 ވަނަ ދުވަހު ބާއްވަން ނިންމައި، އެ ކައުންސިލްގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ ކަމަށާއި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި ތިއްބަވަނީ ރައީސާއި ނައިބު ރައީސްގެ އިތުރުން ބަންޑާރަ ނައިބާއި ހަ މެމްބަރެކެވެ.