ކާށިދޫ ސްކޫލްގަ 16 ކްލާސްރޫމާ މަލްޓިޕަރޕޯސް ހޯލެއް އަޅަން ޙަވާލުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ކާށިދޫ ސްކޫލްގަ 16 ކްލާސްރޫމާ މަލްޓިޕަރޕޯސް ހޯލެއް އަޅަން ޙަވާލުކޮށްފި

ކ.އަތޮޅު މަދަރުސާގެ ނަމުގައި ހިންގާ ކ.ކާށިދޫ ސްކޫލް ގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 16 ކްލާސްރޫމްގެ 04 ބުރި ޢިމާރާތާއި އަދި މަލްޓިޕާރޕޯސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.  

މިއީ PSIP 2019 ގެ ދަށުން ކުރިއަށް ގެންދެވޭ ފުރަތަމަ މަޝްރޫއެކެވެ. މި މަސައްކަތް ހަވާލުކުރީ ޑަބްލިއު އެންޑް އޭ އޯވާސީސް ޕީ.ޓީ.އީ ލިމިޓެޑް އާއި އެވެ. އެކުންފުނިން ހުށަހަޅުއްވާފައިވަނީ  35,087,814.58(ތިރީސް ފަސް މިލިއަން އަށްޑިހަ ހަތް ހާސް އަށް ސަތޭކަ ސާދަ ރުފިޔާ ފަންސާސް އަށް ލާރި) އަށް މި ޢިމާރާތުގެ މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެކަމަށެވެ.  

މި ސްކޫލްއަކީ މިވަގުތު ދެ ދަންފަޅިއަށް ކިޔެވުން ގެންދަވާ ސްކޫލެއް ނަމަވެސް މި އިމާރާތް ނިމުމުން މި ސްކޫލް އެއް ދަންފަޅިއަށް ކިޔެވުން ބަދަލުކުރެވޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

މި ޕްރޮޖެކްޓް (16 ކްލާސްރޫމް އަދި މަލްޓިޕާރޕޯސް ހޯލް އިމާރާތު) ގައި ހިމެނޭ ވަސީލަތްތަކަކީ: ކްލާސްރޫމް: 16، މަލްޓި ޕާރޕޯސް ހޯލް: 1، އިލެކްޓްރިކަލް ރޫމް: 1، ޗޭންޖިންރޫމް: 2، ދަރިވަރުންގެ ފާޚާނާ: 25، ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް ޚާއްސަ ފާހާނާ / އެކްސެސިބަލް ޓޮއިލެޓް: 2، ސްޓޯރ ރޫމް އަދި އެހެނިހެން: 10، ރޭމްޕް : 3

 

 

 

 

 

 

 

 

މިއަދު އޮންލައިން