ދަރުބާރުގޭ ކައިރީގައި ބަރަހަނާ ހާލުގައި އުޅުނު ސިކުނޑި ހަމަނުޖެހޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށުން އައުރަ ނިވާކުރުމަށްފަހު ޢާއިލާ އާއި ހަވާލުކޮށްފި އެވެ.
ފުލުހުން ބުނީ މިރޭ 6.46 ހައިއިރު މިމީހާ ފެނުމުން ފުލުހުންގެ ބެލުމުގެދަށުން އަތޮޅުވެއްސަށް ގެންގޮސް މުންޑެއް އަންދަވައި އައުރަ ނިވާ ކުރުވުމަށްފަހު ޢާއިލާ އި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެހާލުގައި އޭނާ މަގުމައްޗަށް ނުކުތީ އޭނާ ދިރިއުޅޭ ގޭގައި ހުރެފައި ކަމަށެވެ.
އެހާލުގައި އޭނާ މަގުމަތީގައި އުޅޭ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ ޢާންމުކޮށްފައެވެ. ދީނީ ޢިލްމުވެރިން ގެންދަވަނީ އެކަން ކުށްވެރިކުރައްވަމުންނެވެ.