ކުޑަ ދެބެއިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގަ ތޫނު އެއްޗަކުން ހަމަލާދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 49ސ
ކުޑަ ދެބެއިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގަ ތޫނު އެއްޗަކުން ހަމަލާދީފި

ދ. ކުޑަހުވަދޫގައި 14 އަހަރުގެ ކުޖަކާއި 17 އަހަރުގެ ކުއްޖަކު، ދެބެއިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިން ތަންކޮޅެއް ކެނޑުނު ނަމަވެސް މާ ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ދެބެއިންގެ މެދުގައި ހިނގި ހަމަނުޖެހުމުގައި އެއްކުއްޖަކު ވަޅިން ހަމަލާދިނީއެވެ. ރޭ 9.30 ހައިއިރު ހިނގި މިހާދިސާ އާއި ގުޅިގެން ފުލުހުން ގެންދަނީ މައްސަލަ ބަލަމުންނެވެ. 

ކުޑަކުދިންގެ އަޚްލާޤަށް އަންނަމުން މިދާ ބަދަލުތައް މިހާރަށްވުރެ ފުޅައު ދާއިރާއެއްގައި ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސްކުރަން ގިނަ ބައަކު ދަނީ އެދމުންނެވެ. ރާއްޖެއަކީ ސްކޫލް ތައުލީމުން އެއްވެސް ކުއްޖަކު ބާކީ ނުކޮށް ހުރިހާ ކުދިންނަށް ހިލޭ ތައުލީމް ދެމުން ގެންދާ ޤައުމަކަށްވާއިރު 18 އަހަރުން ދަށުގެ ކުދިން ބޮޑެތި ޖިނާޢީ ކުށްތަކަށް އަރައިގަތުން އިތުރުވަމުން އައުމަކީ ކުރިމަތިވެފައިވާ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައި ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ.

މިއަދު އޮންލައިން