ގާނޫނީ ފަންނުގެ ގާނޫނާ އެކު، ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފެދުނު ބާ ކައުންސިލްގެ ރައީސް ކަމަށް ގާނޫނީ ވަކީލް މައުމޫން ހަމީދު ވެސް ވާދަކުރައްވަން ނިންމަވައިފިއެވެ.
މައުމޫން ހަމީދު ބާ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދުވެސް ވަނީ ބާ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލައްވަން ނިންމަވައިފައެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބު މި މަހުގެ 13 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައި، މަގާމުތަކަށް ކުރިމަތިލާން ވަނީ ހުޅުވާލައިފައެވެ.