ވޯލްޑް ބޭންކުން ރާއްޖެއަށް 30 މިލިއަން ޑޮލަރު ހަރަދުކުރަން ނިންމައިފިއެވެ.
މިކަން ހާމަކޮށް ވޯލްޑްބޭންކުން ރާއްޖޭގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނީ ރާއްޖޭގައި ދެ އޮޕަރޭޝަނެއް ހިންގުމަށް އެ ބޭންކްގެ ޑައިރެކްޓަރުންގެ ބޯޑުން ނިންމާފައިވާކަމަށެވެ.
ވޯލްޑްބޭންކުން ރާއްޖެއަށް ހަރަދުކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ޕޮލިސީ ފްރޭމްވޯކްއާއި މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ ގެއްލުންތަކުން ރިސްކު ކުޑަކޮށް އޭގެ ލިބޭ ގެއްލުންތައް ކުޑަކޮށް އަދި އެކަންތައްތަކަށް ތައްޔާރުވުމަށް އެހީތެރިވެދިނުމާއި އަދި ރާއްޖޭގެ ބަޖެޓުގެ ހަރަދުތައް ދެމެހެއްޓެނިވި ގޮތަށް ބެހެއްޓުމަށް އެހީތެރިވެދިނުން ހިމެނެއެވެ.