ޕާސްޕޯޓް ބޭނުންކޮށްގެން ވިސާ ނެތި ނުވަތަ ފަސޭހަކަމާއިއެކު ވަދެވޭ ޤައުމުތަކުގެ ނިސްބަތަށް ބަލައިގެން، ހެންލީ އެންޑް ޕާޓްނަރސްއިން ނެރޭ ހެންލީ ޕާސްޕޯޓް ރޭންކިންގައި ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބާރުގަދަ ޕާސްޕޯޓެއްގެ ދަރަޖަ ދިވެހި ޕާސްޕޯޓަށް ލިބިއްޖެއެވެ.
ހެންލީ ޕާސްޕޯޓް ރޭންކިންގައި ރާއްޖެ މިފަހަރު ރޭންކް ކުރެވިފައިވަނީ 62 ވަނައިގައެވެ. ރާއްޖެއާއި އެންމެ ކައިރިން މިސަރަހައްދުން ވާދަކޮށްފައިވަނީ އިންޑިއާއެވެ. އިންޑިއާއަށް ލިބިފައިވަނީ 86 ވަނައެވެ.
ޕާސްޕޯޓް އިންޑެކްސްގައި އެންމެ ކުރި ހޯދާފައިވަނީ ޖަޕާނާއި ސިންގަޕޫރުންނެވެ. އެ ދެގައުމުގެ ޕާސްޕޯޓާއި އެކު ކުރިން ވިސާ ނެގުމަކާ ނުލައި 189 ގައުމަށް ދަތުރުކުރެވެއެވެ.
ދިވެހި ޕާސްޕޯޓާއިއެކު 84 ގައުމަކަށް ވިސާ ނުލައި ދެވެއެވެ.