ހޯޕް ޓްރެވެލްސް އިން ބޮޑުތިލަދުންމައްޗަށާ ނ. އަތޮޅަށް ސްޕީޑް ފެރީގެ ޚިދުމަތް ފަށަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 3މ 21ސ
ހޯޕް ޓްރެވެލްސް އިން ބޮޑުތިލަދުންމައްޗަށާ ނ. އަތޮޅަށް ސްޕީޑް ފެރީގެ ޚިދުމަތް ފަށަނީ

ހޯޕް ޓްރެވަލްސްގެ ފަރާތުން ބޮޑު ތިލަދުންމައްޗަށާއި ނ. އަތޮޅަށް ސްޕީޑް ފެރީގެ ޚިދުމަތް މާދަމާ ފަށާނެއެވެ. 

މާލެ އާއި އަތޮޅު ތެރޭގެ ފެރީ މާކެޓަކަށް ހާއްސަކޮށްގެން ގަލްފް ގެ ފަހުގެ ޓުއަރިންގ 48 ގެ ލޯންޗް އަކާއި އެކު ހޯޕް ނުކުންނަނީ މޭކްޓްގަ ތަފާތެއް ދެއްކުމުގެ އަޒުމުގައި ކަމަށް އެކުންފުނިން ބުނެއެވެ. މިގޮތުން ހޯޕް ޓްރެވެލްސް އިން ބުރާސްފަތި، ހޮނިހިރު އަދި ހޯމަ ދުވަސްތަކުގައި (ހޯރަފުށި، އިހަވަންދޫ، ދިއްދޫ އަދި ކުޅުދުއްފުށި) އަދި އާދިއްތަ، ބުދަ (މަނަދޫ، ހޮޅުދޫ، ވެލިދޫ، ޅޮހި، މިލަދޫ، ފޮއްދޫ އަދި މަގޫދޫ) އަށް ދަތުރުތައް ކުރަން ނިންމައިފައެވެ. 

އެންމެ ޒަމާނީ ފެންވަރުގެ 63 މީހުން ޖާގައިގެ މި ލޯންޗް ފެރީގައި ދަތުރަށް އިތުރު ފުރިހަމަ ކަމެއް ގެނައުމަށް ކަސްޓަމަރުންނަށް ފްރީ ވައިފައި ލިބޭނޭއެވެ. މީގެ އިތުރުން ދަތުރުގައި ލުއި ކާނާއެއްގެ ގޮތުގައި މުޅިން ތަފާތު، ދަތުރުމައްޗާ ގުޅޭ ފަސިންޖަރުންގެ މޭ ހެޔޮވަރުކޮށްލާނެ ޒާތުގެ ކާ އެއްޗެއް ލިބޭނެއެވެ. 

ހޯޕް ގްރޫޕްއަކީ ވިޔަފާރީގަ ކިތަންމެ ހަގު ނަމަވެސް، ޚާއްޞަ އުސޫލުތަކެއްގައި ހިފަހައްޓައި ތިމާޥެއްޓައި ވީހައި ރައްޓެހި ގޮތަކަށް ކަންކަން ބައްޓަން ކުރަމުން އަންނަ ބައެކެވެ. މިގޮތުން ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ބަޔޯޑީގްރެޑެބްލް ކޮތަޅު ބޭނުން ކުރުން އަދި މޫދަށް ކުނި އެޅުން ފަދަކަންކަން ގާތުން ބެލި ހަރުދަނާ ފިޔަވަޅުތަކެއް އެފަދަ ކަންކަން މެދުވެރި ނުވުމަށް ވަނީ ކަނޑައެޅިފައެވެ. ހޯޕްގެ ސޯޝަލް މީޑިޔާ އެކައުންޓްތަކުން ހިދުމަތުގެ މައުލޫމާތު ހިއްސާ ކުރެވެމުންދާނެއެވެ. ހޯޕް ގެ އުއްމީދަކީ ފެށިގެން މިދާ އާ ހިދުމަތާއިއެކު ގިނަ ބައަކަށް ލުއި ލިބި އުތުރުގައި މި ފަދަ އެތައްކަމެއް ތަޢާރަފު ކުރުމުގެ ފެށުމެއް ކަމުގައިވުމެވެ. އަދި މި ފަދަ ކަންކަމުން ވަޒީފާގެ އިތުރު ފުރުސަތުތަކެއް ހުޅުވި ހާއްސަކޮށް ހޯޕް އަކީ މުޅި އުތުރުގެ "އުއްމީދު" ކަމުގައި ވެގެން ދިއުމެވެ.   

ހޯޕް ގްރޫޕް ވުޖޫދަށް އައިސްފައިވަނީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ. ކުންފުނިން ފުރަތަމަ ފެށި މަސައްކަތަކީ ނ.މަނަދޫގައި އެންމެ ޒަމާނީ ފެންވަރުގެ ޕެޓްރޯލް ޝެޑެއް ގާއިމުކުރުމެވެ. ހަމަ އެއާއި އެކު ޖެޓީ ސަރަހައްދުގައި ޕެޓްރޯލް ފަސޭހައިން ލިބޭނެ ގޮތަށް ފިއުލް ޑިސްޕެންސިންގ ޕޯސްޓްއެއް ވަނީ ގާއިމު ކުރެވިފައެވެ. 

ހޯޕް ފިއުލްސް ހުޅުވިތާ މާގިނަ ދުވަސްތަކެއް ނުވި ނަމަވެސް މިހާރުވެސް އުތުރުގެ ރަށް ރަށަށް ދާ އެތައް އުޅަނދުފަހަރެއް އެކުންފުނިން ދޭ ހިދުމަތް އަންނަނީ ބޭނުން ކުރަމުންނެވެ. އެގޮތުން އުޅަނދު ފަހަރު ޖެޓީއާއި ކައިރި ކޮށްލުމުން 5 ވަރަކަށް މިނިޓް ތެރޭގައި ހޯޕްގެ ޑިސްޕެންސަރު ތަކުން ތެޔޮ ފޯރުކޮށްދެވުމަކީ ކަސްޓަމަރުންނަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ. އަދިހަމަ އެހެއްމެ، ތެލުގެ ހިދުމަތް ދިނުމުގައި އެއްމެ ބޮޑު އިސްކަމެއްދޭ ކަމަކީ ތެލުގެ ކޮލިޓީ ހިފެހެއްޓުމަށް ކުރެވޭ މަސައްކަތެވެ. އެގޮތުން ޓޭންކްތަށް ފިލް ކުރެވި ޑިސްޕެންސް ކުރެވޭނީވެސް އެތައް ފިލްޓަރ ތަކަކުން ފިލްޓަރު ވެގެންނެވެ. (ހޯޕް ގްރޫޕް ގެ އެމް.ޑީ ސައީދު އިބްރާހިމް މައުލޫމާތު ދެއްވިއެވެ) 

ހޯޕް އުފެދުނު އެންމެ ބޮޑު އެއް މަގުސަދަކީ ރައިޔުތުންނަށް ލުއި ފަސޭހަ ރަނގަޅު ހިދުމަތްތަކެއް ދިނުން ކަމުގައިވާތީ ހޯޕްގެ ހާއްސަ އަހައްމިއްޔަތު ކަމެއް ވެލްފެއަރ އަދި އިޖުތިމާއީ ކަންކަމަށް ދެއެވެ. ޢާއްމު ރައްޔިތުންނާއި ވީހައި ގުޅިގެން ވިޔަފާރިއާއި އަދި އެ ނޫންވެސް އިޖުތިމާއީ ކަންކަން ކޮށް ދެ ފަރާތަށްވެސް މަންފާ ލިބުން އެއީ ހޯޕްގެ އެދުމެކެވެ. ގްރޫޕްގެ އެންމެ ބޮޑު ހިތްވަރަކީ ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ ލޯތްބާއި ތަރުހީބު އެވެ.

މާކެޓަކަށް ހާއްސަކޮށްގެން ގަލްފް ގެ ފަހުގެ ޓުއަރިންގ 48 ގެ ލޯންޗް އަކާއި އެކު ހޯޕް ނުކުންނަނީ މޭކްޓްގަ ތ

މިއަދު އޮންލައިން