އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު އިކޮނޮމިކް މިނިސްޓްރީން އިތުރުކޮށްފިއެވެ.
އަންނަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ބާއްވަން ކުރިން ނިންމާފައިވިޔަސް މިމައުރަޒުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށް މިހާރު އެފުރުސަތު ހުޅުވާލާފައިވަނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.
މައުރަޒު ބާއްވަން ހަމަޖެހިފައިވަނީ ދަރުބާރުގެއާއި، ދަރުބާރުގޭ ވަށައިގެންވާ ސަރަހައްދުގައެވެ. އަދި ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ކުޑަކުދިންގެ ބަގީޗާގައިވެސް ކުރިއަށް ގެންދަން ވެސް ވަނީ ނިންމާފައެވެ.
2015 ވަނަ އަހަރު އުފެއްދުންތެރިކަމުގެ ގައުމީ މައުޒަރު ބޭއްވުމަށްފަހު އިތުރު މައުރަޒެއް ބޭއްވިފައެއް ނުވެއެވެ.