ދިވެހި ރައްޔިތުކަން ބޭނުންވެގެން ހުށަހެޅި 5 ބިދޭސީންގެ ތެރެއިން އިމްތިޚާނުން ފާސްވީ އެންމެ ބިދޭސީއެއް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 52ސ
ދިވެހި ރައްޔިތުކަން ބޭނުންވެގެން ހުށަހެޅި 5 ބިދޭސީންގެ ތެރެއިން އިމްތިޚާނުން ފާސްވީ އެންމެ ބިދޭސީއެއް!

ދިވެހި ރައްޔިތުކަން ބޭނުންވެގެން މިދިޔަ އަހަރު ހުށަހެޅި ފަސް ބިދޭސީންގެ ތެރެއިން އިމްތިހާނުން ފާސްވީ އެންމެ ބިދޭސީއެއްކަމަށް އެޓަރނީ ޖެނެރަލް އޮފީހުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ހާމަވެއްޖެއެވެ.

ދިވެހި ރައްޔިތުކަން ބޭނުންވެގެން ހުށަހަޅާފައި ވަނީ އިންޑިއާގެ ތިން ރައްޔިތަކާއި ޖޯޑަންގެ ރައްޔިތެއްގެ އިތުރުން ސްރީލަންކާގެ ރައްޔިތެކެވެ.

ދިވެހިރާއްޖޭގެ ސިޓިޒެންޝިޕް ގާނޫނުގައި ބުނެފައިވަނީ ދިވެހިރައްޔިތުކަން ބޭނުންވާ މީހާ މެދުނުކެނޑި ދިވެހިރާއްޖޭގައި 12 އަހަރު އުޅެން ޖެހޭނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެހެން ގައުމަކަށް ދިޔަނަމަވެސް ހަމަހަށްވުރެ ދިގު މުއްދަތެއް އެހެން ގައުމެއްގައި އުޅެގެން ނުވާނެ ކަމަށެވެ.

ސިޓިޒެންޝިޕް ގާނޫނާއި އެއްގޮތަށް ޝަރުތުތައް ފުރިހަމަވި ނަމަވެސް ގާނޫނު އަސާސީގެ މައުލޫމާތު އެނގޭ މިންވަރު ދެނެގަތުމަށްޓަކައި އެ ފަރާތްތަކަށް އިމްތިހާނެއް ހަވާލުކުރެއެވެ. 

މިދިޔަ އަހަރު މިއިމްތިހާނުން ފާސްވެފައި ވަނީ ހަމަެކަނި އިންޑިއާގެ ރައްޔިތެއް ކަމަށްވާ ހަބީބު ރަހުމާން މުހައްމަދު ހަނީފް ނަމަކަށް ކިޔާ މީހެކެވެ.

 

މިއަދު އޮންލައިން