އަލިފުށީގެ ފެނުގެ ނިޒާމު ގާއިމް ކުރުމަށް ބަޔަކާ ހަވާލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 40ސ
އަލިފުށީގެ ފެނުގެ ނިޒާމު ގާއިމް ކުރުމަށް ބަޔަކާ ހަވާލުކޮށްފި

ރ. އަލިފުށީގެ ފެނުގެ ނިޒާމު ގާއިމް ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި މިއަދު ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯހަން މުތާ އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗާ ވިތް ތްރީ ޕްރައިވެޓް ލިމިޓެޑާއެވެ.

ދެ އަހަރުގެ ދުވަހުގެ ތެރޭގައި ނިންމާގޮތަށް މިމަސައްކަތް ހަވާލުކޮށްފައިވަނީ 16.5 މިލިއަން ރުފިޔާ އަށެވެ. 

މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގެވެ. މޯހަން މުތާ އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑް ޖޮއިންޓް ވެންޗާ ވިތް ތްރީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖަރު ކޭއާރު ސާޖީ އެވެ.

މިއަދު އޮންލައިން