4 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ޝަރީޢަތް ނިމެންދެން ބަންދަށް!

ކިޔުމަށް ހޭދަވާނީ 58ސ
4 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ޝަރީޢަތް ނިމެންދެން ބަންދަށް!

އުމުރުން އެންމެ ހަތަރު އަހަރުގެ ތުއްތު އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝް މީހަކު، ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އިއްޔެ ހަވީރު 16:00 ހާއިރު، ރާއްޖޭގެ ދެކުނުގެ ރަށެއްގައި އުމުރުން ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖަކާއިމެދު، އެގޭގައި ގެންގުޅޭ ބަންގްލަދޭޝް ފިރިހެނެއް ޖިންސީ ގޯނާ ކުރިކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި މިމައްސަލައާއި ގުޅިގެން އުމުރުން 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.

އެމީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް މިއަދު ގެންދިޔުމުން، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް މުއްދަތެއް ދީފައިވާ ކަމަށާއި މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއަކީ ފުލުހުން ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުން އަންނަ މައްސަލަތަކެއް ކަމުގައިވާތީ، މިހާދިސާ ހިނގާފައިވަނީ ކޮން ރަށެއްގައިކަމެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

މިއަދު އޮންލައިން