ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުޙައްމަދު މޫސާ އަވަހާރަވެއްޖެއެވެ.
މުޙައްމަދު މޫސާ އަކީ 1984 ވަނަ އަހަރުން ފެށިގެން ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދެވި ހީވާގި ބޭފުޅެކެވެ.
އެގޮތުން ދައުލަތަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި އެމަނިކުފާނު ވަނީ ފުލުސް ކޯޓުގެ ކާތިބުކަމާއި ކަނދޮޅުދޫ ކަތީބުކަންފަދަ ޒިންމާދާރު މަޤާމުތައް އަދާކުރައްވާފައެވެ. އަދި 1990 ވަނަ އަހަރުން ފެށިގެން ފަނޑިޔާރުކަމުގައި 29 އަހަރާއި ފަސް މަސް ދުވަހު، މުޙައްމަދު މޫސާ ޚިދުމަތް ކުރައްވާފައިވެއެވެ.
އެމަނިކުފާނު އަވަހާރަވީއިރު، އަނބިކަނބަލަކާއި ދެބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.
މުޙައްމަދު މޫސާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދުގެ މަޣްރިބު ނަމާދަށްފަހު ހުޅުމާލެ ވަގުތީ މިސްކިތުގައެވެ.
މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އެމަރްޙޫމުގެ ފުރާނައަށް ބަރަކާތްލައްވާ ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާށި އާމީން. އަދި މިފަދަ ހިތްދަތި ވަގުތެއްގައި، އާއިލާއަށް ހިތްވަރާއި ކެތްތެރިކަން ދެއްވާށި. އާމީން.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

ތަފްސީލު އަންނަނީ..