ސީލައިފުން އެޗްޑީސީއަށް ދައްކާފައިވާ އެޑްވާންސުން، މީހުންގެ އެޑްވާންސް އަނބުރާ ދައްކައިދިނުމަށް އެދިއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ސީލައިފުން އެޗްޑީސީއަށް ދައްކާފައިވާ އެޑްވާންސުން، މީހުންގެ އެޑްވާންސް އަނބުރާ ދައްކައިދިނުމަށް އެދިއްޖެ!

ހުޅުމާލޭގައި ފްލެޓް އެޅުމުގެ މަސައްކަތް ފެށުމަށްފަހު ހުއްޓާލާފައިވާ ސީލައިފް ކުންފުނިން އެޗްޑީސީއަށް އެޑްވާންސްގެ ގޮތުގައި ދައްކާފައިވާ ފައިސާ އިން ސީލައިފް އިން ފެލެޓް ގަތުމަށް އެޑްވާންސްގެ ގޮތުގައި މީހުން ދައްކާފައިވާ ފައިސާ އަނބުރާ ދައްކައިދިނުމަށް އެދިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވީ ސިލައިފް އިން މިހާރު ހުށަހަޅަނީ އެކުންފުންޏަށް މީހުންދެއްކި އެޑްވާންސް ފައިސާ، އެޝްޑީސީގައި ހުރި އެކުންފުނީގެ ފައިސާއިން ދައްކައި ނިންމުމަށް ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރެވޭނީ ޤާނޫނީ އިމުގެ ތެރެއިން އެޗްޑީސީގެ ޤަވާއިދުތަކާއި އެއްގޮތަށް އެކަން ކުރެވޭނެ މަގެއް އޮވެގެން ކަމަށެވެ. 

ގުޅިފަޅުން ފްލެޓް ގަތުމަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ފްލެޓް ނުލިބި ތިބި އެންމެންގެ މައްސަލަ ވެސް ދެން ކުރިށް ގެންދަވާ ފްލެޓް ސްކީމެއްގެ ތެރެއިން ހަމަޖައްސަވައި ދެއްވަވާނެ ކަމަށްވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

މިއަދު އޮންލައިން