އަނަންތަރާ މޯލްޑިވްސް އިން ކުޑަކުދިންގެ ހިޔާގެ 2 ކުއްޖަކަށް 1 އަހަރު ދުވަހުގެ އިންޓެންޝިޕް ކޯހެއްދީފިއެވެ.
މިކޯހަކީ ހޮސްޕިޓާލިޓީ ދާއިރާގެ ލެވަލް ތިނެއްގެ ކޯހެކެވެ. މި ކޯސް ފުރިހަމަ ކުރަން ޖެހޭނީ މައިނާ ހޮޓެލްސް ގްރޫޕުން ރާއްޖޭގައި ހިންގާ އަނަންތަރާ މޯލްޑިވްސްގަ އެވެ.
މި ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ގޮތުން، މިއަދު ބޭއްވި ރަސްމިއްޔާތުގައި ޖެންޑާ ފެމިިލީ އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވީ މިއީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ކުދިންގެ މުސްތަގުބަލު ބިނާ ކުރުމަށް ލިބޭ މުހިއްމު ފުރުސަތެއްކަމަށެވެ.
އަދި އަނަންތަރާ ރިސޯޓުގެ ފަރާތުން ރާއްޖެ އަށް ލިބެނީ އިގްތިސާދީ ފައިދާ އެކަނި ނޫން ކަމަށާއި އިޖުތިމާއީ ގޮތުން އެކި ފައިދާތައް ލިބޭ ކަމަށްވެސް މިނިސްޓަރ ޝިދާތާ ވިދާޅުވި އެވެ.