މ. އުޖާލާގޭގަ ފުލުހުން ހިންގި އަމަލުތައް ވީޑިއޯކުރި ކަމުގެ ތުހުމަތުގަ އަނަސް ޢަބްދުއްސައްތާރު ދިރިއުޅޭގެއަށް ފުލުހުން ވަދެއްޖެއް!!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
މ. އުޖާލާގޭގަ ފުލުހުން ހިންގި އަމަލުތައް ވީޑިއޯކުރި ކަމުގެ ތުހުމަތުގަ އަނަސް ޢަބްދުއްސައްތާރު ދިރިއުޅޭގެއަށް ފުލުހުން ވަދެއްޖެއް!!

މ. އުޖާލާގޭގައި ފުލުހުން ހިންގި އަމަލުތައް ވީޑިއޯކުރި ކަމުގެ ތުހުމަތުގައި ޤާނޫނީ ވަކީލް އަނަސް ޢަބްދުއްސައްތާރު ދިރިއުޅޭގެއަށް ފުލުހުން ވަދެ، އެގޭގައި ބޭނުންކުރާ ފޯންތައް ޗެކްކުރަން ފުލުހުން މަސައްކަތްކޮށްފިއެވެ.

އަނަސް ޢަބްދުއްސަތާރު ވިދާޅުވެފައިވަނީ އޭނާ ދިރިއުޅުއްވަނީ އުޖާލާ ގޭގެ ކުރިމަތިން ހުންނަ ގެއެއްގައި ކަމަށެވެ. އަދި ވަން ފުލުހުން އެމީހުންނަކީ ފުލުހުންކަން އެންގުމަށް ބެޖެއް ދެއްކި ކަމަށާއި ވީޑިއޯ އާއި ބެހޭ ގޮތުން ސުވާލުކޮށް ވީޑިއޯ ޑިލީޓްކުރަންވެސް އެންގި ކަމަށެވެ. އަދި އެމީހުން ކުރިއަށް ގެންދަނީ ފުލުހުންގެ އޮޕަރޭޝަނެއް ކަމަށްވެސް ބުނި ކަމަށެވެ.

އަނަސް ދިރިއުޅުއްވާ ގޭގެ ކުރިމަތިން ހުރި ގެއަކަށްވެސް ވަން ކަމަށާއި އެ ގެއަށް ވަނުމަށްފަހު އެނބުރި އައިކަމަށްވެސް އަނަސް ވަނީ ވިދާޅުވެފައެވެ.

ވީޑިއޯ އާއި ގުޅިގެން އެކަން ކުށްވެރި ކުރައްވައި އެ އަމަލުތައް ހިންގި ފުލުސް އޮފިސަރުން ސަސްޕެންޑް ކުރައްވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ވިދާޅުވެފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ރޭ ވިދާޅުވީ މައްސަލަ ބަލަމުން ގެންދާ ކަމަށެވެ.

މިއަދު އޮންލައިން