މާފުށީ މޫދުގައި ކުޑަކުއްޖަކު ގެނބިގެން މަރުވެއްޖެ!

ކިޔުމަށް ހޭދަވާނީ 29ސ
މާފުށީ މޫދުގައި ކުޑަކުއްޖަކު ގެނބިގެން މަރުވެއްޖެ!

ކ. މާފުށީ މޫދުގައި މޫދަށް އެރި އުޅެނިކޮށް ކުޑަ ކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވާފައިވާ ގޮތުގައި ގެނބިގެން މަރުވެފައިވަނީ އާއިލާއާއެލު މާފުށްޓަށް ޗުއްޓީ ހޭދަކޮށްލަން ގޮސް އުޅުނު، އުމުރުން ހަތަރު އަހަރުގެ ދިވެހި ފިރިހެން ކުއްޖެކެވެ. 

މިހާދިސާގައި ގެނބުނު ކުޑަކުއްޖާ މާފުށީ ސިއްޙީ މަރުކަޒަށް ގެންދިޔަ ކަމަށާއި، ސިއްޙީ މަރުކަޒަށް ގެންދިޔައިރު ވެސް އެކުއްޖާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

ފުލުހުންދަނީ މިހާދިސާ މިހާރު ތަހުގީގު ކުރަމުންނެވެ.

މިއަދު އޮންލައިން