ހ.ދ.ނެއްލައިދޫ އެކުވެރިންގެ ދިރުމުން އިސްނަގައިގެން ޔޫއެންޑީޕީގެ ގްރާންޓް އެހީގައި އެރަށު މިސްކިތުގައި ސޯލާ ޕެނަލް ހަރުކޮށްފިއެވެ.
ނެއްލައިދޫ މިސްކިތުގައި ސޯލާ ޕެނަލްތަށް ހަރުކޮށްދީފައިވަނީ ލިންކް ސާވް އިންނެވެ.
ނެއްލައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނާޒިމް ވިދާޅުވެފައިވަނި ސޯލާ ޕެނަލް ހަރުކުރީ މިސްކިތުގެ އޭސީ ބޭނުން ކުރުމުން ކަރަންޓު ބިލް ބޮޑުވާތީ ކަމަށެވެ. ނަމަވެސް މިހާރު އޭސީ ތަކަށް ކަރަންޓު ދީފައިވަނީ ސޯލާ ޕެނަލް މެދުވެކޮށް ކަމަށެވެ.
ސޯލާ ޕެނަލް ހަރުކިރިމުން މިސްކިތުގެ ކަރަންޓު ބިލު ވަރަށް ކުޑަކަވެފައިވާކަމަށާއި މިދިޔަ މަހުވެސް ކަރަންޓު ބިލަށް އެރީ 66 ރުފިޔާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.