އެންމެ އަގު ހެޔޮ ފްލެޓް ރައްޔިތުންނަށް 2.2 މިލިއަނަށް - އެންމެ އަގު ބޮޑު ފްލެޓް 6 ލައްކައަށް! ކޮރަޕްޝަން ބެލޭނެ ގޮތް މިއޮތީ އެނގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
އެންމެ އަގު ހެޔޮ ފްލެޓް ރައްޔިތުންނަށް 2.2 މިލިއަނަށް - އެންމެ އަގު ބޮޑު ފްލެޓް 6 ލައްކައަށް! ކޮރަޕްޝަން ބެލޭނެ ގޮތް މިއޮތީ އެނގެން!

ސަރުކާރުން އިމާރާތްކުރާ އެންމެ އަގު ހެޔޮ ފްލެޓް ރައްޔިތުންނަށް 2.2 މިލިއަން ރުފިޔާއަށް ވިއްކަމުން ގެންދާއިރު މާލޭގައި ޢިމާރާތްކޮށްފައި ހުރި އެންމެ އަގު ބޮޑު ފްލެޓް 6 ލައްކަ ރުފިޔާއަށް މިނިވަން މުއައްސަސާތަކުގެ އިސްވެރިންނަށާއި ފަނޑިޔާރުންނަށް ވިއްކުމުން ސަރުކާރުގައި ހުންނަ ކޮރަޕްޝަން މައްސަލަތައް ބެލޭނެ ގޮތް އެބަ އެނގިގެންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މިއަދު ވިދާޅުވެއްޖެއެވެ. 

ބައެއް މެންބަރުން ވިދާޅުވީ ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ބެލިއަ ނުދިނުމަށްޓަކައި އޭސީސީގެ ކުރީގެ ރައީސް ޙަސަން ލުޠުފީ އަށްވެސް ރެހެންދި ފްލެޓެއް އެންމެ 6 ލައްކަ ރުފިޔާއަށް ވިއްކި ކަމަށެވެ. އަދި ރައީސް ޔާމީނުގެ ސަރުކާރުން ކޮރަޕްޝަނުގެ އަމަލުތައް ހިންގި އިރު ވެސް އަޅައި ނުލައި އޭސީސީ މަޑުން އޮތީ މި ފަދަ ކަންކަމުގެ ސަބަބުން ކަމެވެ.  

މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން މިކަން މިގޮތަށް ފާހަގަކުރައްވާފައިވާއިރު ރައީސް ޔާމީނުގެ ވެރިކަމުގައި ވަނީ ދައުލަތުގެ "މިނިވަން" މުއައްސަސާތަކުގެ އިސްވެރިންނަށާއި ޕީޕީއެމްގެ ބޮޑުންނަށް މާލޭގެ އެންމެ އަގުބޮޑު ފްލެޓުތައް ނުއަގުގައި ވިއްކައިފައެވެ. 

މަޖިލީހުގައި ވާހަކަ ދެއްކެވި ބައެއް މެންބަރުން މިއަދު ވިދާޅުވީ ސަރުކާރުގެ ތެރޭގައި ހިންގާ ކޮރަޕްޝަނުގެ މައްސަލަތައް ހުއްޓުވޭނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ. އަދި ކޮންމެ ގޮތަކުން ނަމަވެސް ވީހައި އަވަހަކަށް ކުރީގެ ރައީސް، ރައީސް ޔާމީން އާއި އެމަނިކުފާނުގެ އަރިސް "ވަގުން" ހައްޔަރުކޮށް ތަޙްޤީޤް ކުރުމުގެ މުހިންމުކަންވެސް ފާހަގަކުރިއެވެ.

 

މިއަދު އޮންލައިން