ވިއްކާލި ކުއްޖާ ޖެންޑާގެ ބެލުމުގެ ދަށަށް ގެންގޮސްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 37ސ
ވިއްކާލި ކުއްޖާ ޖެންޑާގެ ބެލުމުގެ ދަށަށް ގެންގޮސްފި!

ދެކުނުގެ ރަށެއްގައި ކުއްޖަކު 30000 ދިވެހި ރުފިޔާއަށް ވިއްކާލި ކުއްޖާ ޖެންޑާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މައުޅޫމާތު ލިބިފައިވާގޮތުގައި އެއް އަހަރުގެ މި ކުއްޖާ ގަތީ އެގްރިމެންޓެއްގައި ސޮއި ކުރުވުމަށްފަހު ދަރިން ނުލިބޭ ދެމަފިރިއެކެވެ. މި އެގްރިމެންޓްގައި ލިޔެފައި ވަނީ ކުއްޖާ ދިނުމުން ހަދިޔާއެއްގެ ގޮތުގައި ކުއްޖާގެ މަންމަ އަށް 30000 ރުފިޔާ ދޭ ކަމަށެވެ.

މިއަދުގެ ވަގުތެއްގައި ޖެންޑާ މިނިސްޓްރީގެ ޓީމެއް މިރަށަށް ގޮސް އެ ކުއްޖާ ގެންގޮސްފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ނަމަވެސް ޖެންޑާ މިނިސްޓްރީން މިމައްސަލައިގައި ރަސްމީކޮށް ވަކި އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.

މިއަދު އޮންލައިން