އިންޑިއާ އާއިއެކު ޓެރަރިސްޓުންގެ މައްސަލަތައް ތަޙްޤީޤް ކުރުމަކީ، ޑރ. ޒާކިރު ނާއިކަށް އިންޑިއާއިން ހެދި ގޮތަށް، ދިވެހި ދީނީ ޢިލްމުވެރިން ވެސް ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނައި އިންޑިއާގެ އަތް ދަށު ލައިގަތުމުގެ ބިރު އޮތް އެއްބަސްވުމެއް ކަމަށް ޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝައިޚް ޝަފީޢު ވިދާޅުވީ އެ އެއްބަސްވުމުގެ ނުރައްކާ ކިތަންމެހައިވެސް ބޮޑުކަމަށެވެ!
އިންޑިއާ އާއި ގުޅިގެން ޖިނާއީ ތަޙްޤީޤްތައް ކުރުމުގެ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރަން މިއަދު ވަނީމަޖިލީހުގެ 65 މެންބަރުންގެ އަޣްލަބިއްޔަތުން ރުހުން ދީފައެވެ.