ކުޑަކުއްޖަކަށް ވަޅިން ބިރުދެއްކި މައްސަލައެއްގައި ކުއްޖާގެ ބައްޕަ ހައްޔަރު ކޮށްފި!

ކިޔުމަށް ހޭދަވާނީ 1މ 2ސ
ކުޑަކުއްޖަކަށް ވަޅިން ބިރުދެއްކި މައްސަލައެއްގައި ކުއްޖާގެ ބައްޕަ ހައްޔަރު ކޮށްފި!

ކުޑަކުއްޖަކަށް ވަޅިން ބިރުދެއްކި މައްސަލައިގައި އެކުއްޖާގެ ބައްޕަ ހައްޔަރު ކޮށްފިއެވެ.

ކުޑަ ފިރިހެން ކުއްޖަކަށް ވަޅިން ބިރުދައްކާ މަންޒަރުތަކެއް ދައްކުވައިދޭ ފޮޓޯތަކެއް މިހާރު ސޯޝަލް މީޑިއާގައި ވެސް އާންމުވެފައިވާއިރު، މިހާދިސާ ހިނގާފައިވަނީ ކ. ދިއްފުށީގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ދިއްފުށީ ކައުންސިލަރ އިބްރާހިމް ސާޖިދު "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މިހާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރު 13:40 ހާއިރު ކަމަށާއި ރޭގެ 20:40 ހާއިރު، ކޯޓު އަމުރެއްގެ ދަށުން ތުލުސްދޫ ޕޮލިސް ސްޓޭޝަނުން އެކުއްޖާގެ ބައްޕަ ހައްޔަރު ކޮށްގެން ގެންގޮސްފައިވާ ކަމަށެވެ.

ވަޅިން ބިރު ދައްކާފައިވަނީ އުމުރުން 7 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ކަމަށާއި، އެކުއްޖާގެ މަންމަ އަކީ ގާފަރު މީހެއް ކަމަށާއި އެކުއްޖާގެ މަންމަ ހުންނަނީ އޭނާ ގާތު ނޫން ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.

"އެކުއްޖާގެ އުމުރުން ތިން މަހުން ފެށިގެން އޭނާގެ ބައްޕަގެ ދައްތަ އޭނާ ބަލަނީ. މިހާރުވެސް ކުއްޖާ ހުރީ އޭނަގެ ބައްޕަގެ ދައްތަ (ބޮޑުދައިތަ) ގާތު" ސާޖިދު ވިދާޅުވިއެވެ.

މިމައްސަލައާއި ގުޅޭގޮތުން އިތުރު ތަފްސީލެއް އަދި ފުލުހުންގެ ބަހެއް ވެސް އަދި ލިބިފައެއް ނުވެއެވެ.

މިއަދު އޮންލައިން