ބ. ތުޅާދޫ އާއި ޅ. ނައިފަރުގައި ހައުސިން ޔުނިޓް އަޅަން ބަޔަކާ ހަވާލުކޮށްފިއެވެ.
ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ތުޅާދޫގެ ހައުސިން ޔުނިޓްތައް އެޅުމަށް ހަވާލުކޮށްފައިވަނީ ޕްރިސިޝަން އިންޖިނިއަރިން ސާވިސަސް އާ އެވެ. އަދި އިފަރުގައި ހައުސިން ޔުނިޓްތައް އަޅަން ހަވާލުކުރީ ޑަބްލިިއު އެންޑް އޭ އޯވަސީސް ކުންފުންޏާ އެވެ.
ތުޅާދޫގެ ހައުސިން ޔުނިޓްތައް އެޅުމަށް ހަވާލުކުރީ 363 ދުވަހުގެ ތެރޭގައި ފުރިހަމަކުރާގޮތަށެވެ. އަދި ނައިފަރުގެ ހައުސިން ޔުނިޓްތަށް އެޅުމަށް ހަވާލުކުރީ 311 ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށެވެ.
މި ދެރަށުގެ ތެރެއިން ކޮންމެ ރަށެއްގަވެސް 100 ހައުސިން ޔުނިޓް އެޅުމަށް ވަނީ ނިންމާފައެވެ. ތުޅާދޫގައި 100 ހައުސިން ޔުނިޓް އަޅަން 79،682،850.00ރ. ކަނޑައަޅާފައިވާ އިރު، ނައިފަރުގައި 100 ހައުސިން ޔުނިޓް އަޅަން ހަރަދުކުރަނީ 71،403،200.60ރ. އެވެ. މި ދެ މަޝްރޫއަށް ޖުމްލަ 151،086،050.60ރ. އަރަ އެވެ.
ކޮންމެ ރަށެއްގަވެސް އަޅަން ނިންމާފައި ވަނީ 1،100 އަކަ ފޫޓުގެ ހައުސިން ޔުނިޓްތަކެކެވެ.