ރޭ 1.33 ހައިއިރު މާފަންނުގައި ހުރި ގެއެއްގެ 4 ވަނަ ފަންގިފިލާގެ ވައިގޮޅިން ވެއްޓުނު އުމުރުން 76 އަހަރުގެ އަނހެން މީހާ ނިޔާވެއްޖެއެވެ.
ފުލުހުން ބުނެފައިވަނީ ހޮސްޕިޓަލަށް ގެންދިއައިރުވެސް އޭނާގެ ބޮލުގެ ފުއްކިބައަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އަދި ކަނައަތު ފައިގެ ފަލަމަސްގްނޑާއި ހަމައިން ބިނދިފައިވާ ކަމަށެވެ.
މިއީ އުމުރުން ދުވަސްވީ މީހަކަށް ކުރިމަތިވި ކަމަކަށްވުމުން ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން މިފަދަ ވައިގޮޅިތަކުގައި ހުރި ނުރައްކައުތެރިކަމުގެ ވާހަކަ މިދުވަސްކޮޅު ވަރަށް ބާރަށް ދައްކާނެ ކަމަށް ބެލެވެއެވެ. ރާއްޖޭގައި މިހާރު އެންމެ ގިނަ ބައަކު މަރުވަމުން ދަނީ އިމާރާތްކުރުމުގެ ސިނާއަތުގެ ކަންކަން ހުރި ދޯދިޔާ ކަމުންނެވެ. ރޭ ވެސް ސިމެންތި ބަސްތާއެއް ވެއްޓި ބިދޭސީއަކު ވަނީ މަރުވެފައެވެ. އިމާރާތަކުން އެއްޗެއް ނުވެއްޓޭ ދުވަހަކީ މިހާރު މަދު ދުވަހެކެވެ.