މިއަހަރު ލަގެޖް ހޯދަން މަޑުކުރަން ނުޖެހި ސީދާ ބަހަށް! ތިރީސް ހަތް ހާހަށްވުރެ ގިނަ ޙައްޖުވެރިން މިހާރުވެސް ޙައްޖަށް ހިނގައްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
މިއަހަރު ލަގެޖް ހޯދަން މަޑުކުރަން ނުޖެހި ސީދާ ބަހަށް! ތިރީސް ހަތް ހާހަށްވުރެ ގިނަ ޙައްޖުވެރިން މިހާރުވެސް ޙައްޖަށް ހިނގައްޖެ!

މިއަހަރުގެ ޙައްޖުގެ މަތިވެރި ފަރުޟު އަދާކުރުމަށްޓަކައި މިހާރުވެސް 37،000 އަށްވުރެ ގިނަ ޙައްޖުވެރިން މައްކާއަށް ގޮސްފައިވާ ކަމަށް ސައުދިޢަރަބިޔާއިން ބުނެފިއެވެ. މިޙައްޖުވެރިން މައްކާއަށް ގޮސްފައިވަނީ 90 ފްލައިޓަކުން ކަމަށް ވެސް ބުނެފައިވެއެވެ. 

މިޙައިތަނަށް ޙައްޖުވެރިން ގޮސްފައިވާ ޤައުމުތަކުގެ ތެރޭގައި އިންޑިއާ، ބަންގްލަދޭޝް، މެލޭސިޔާ އަދި އިންޑޮނޭސިއާ ހިމެނެއެވެ. އެއާޕޯޓްތަކުގައި ހޭދަކުރަން ޖެހޭ ވަގުތު މަދުކުރުމުގެ ގޮތުން އެއާޕޯޓްތަކަށް ޖައްސާނެ ފްލައިޓްތައްވެސް ވަނީ ބަހާލައިފައެވެ.  

ރިޕޯޓްތައް ބުނާ ގޮތުން މިއަހަރު ލަގެޖް ހޯދަން އެއާޕޯޓުގައި މަޑުކުރާކަށް ނުޖެހޭނެއެވެ. ޙައްޖުވެރިން ތިބެން ހަމަޖެހިފައިވާ ހޮޓާތަކަށް ލަގެޖް ގެންގޮސްދޭނެއެވެ. ވީމާ ފަސިންޖަރުންނަށް ވަގުތުން ބަހުގައި ދަތުރު ފެށޭނެއެވެ.

މިއަދު އޮންލައިން