ހައްޖު ދުވަހަކީ މިމަހުގެ 10 ވާ ހޮނިހިރު ދުވަސް: ސައުދީ އަރަބިއްޔާ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 36ސ
ހައްޖު ދުވަހަކީ މިމަހުގެ 10 ވާ ހޮނިހިރު ދުވަސް: ސައުދީ އަރަބިއްޔާ

ހައްޖު ދުވަހަކީ އޮގަސްޓް 10 ވާ ހޮނިހިރު ދުވަސްކަމަށާއި އަދި މާދަމާ އަކީ ހައްޖު މަހުގެ އެއްވަނަ ދުވަސް ކަމަށް ސައުދީ އަރަބިއްޔާއިން ނިންމާފައެވެ.

ހައްޖު ދުވަސް އޮގަސްޓް 10 އަކަށް ކަނޑައެޅުމުން ހައްޖު މަހުގެ ނުވަ ވަނަ ދުވަހަށްވާނީ، މިހިނގާ އޯގަސްޓް މަހުގެ 10 ވާ ހޮނިހިރު ދުވައެވެ. އަދި ހައްޖުގެ މަތިވެރި އަޅުކަމާ ގުޅިގެން އަންނަ އަޟްހާ އީދު ދުވަހަކީ އޮގަސްޓް 11 ވާ އާދީއްތަ ދުވަހެވެ.

އަޟްހާ އީދާ ގުޅިގެން ސަރުކާރުންވަނީ އޮގަސްޓް މަހުގެ 15 ވާ ބުރާސްފަތި ދުވަސްވެސް ބަންދު ދުވަހެއްކަމަށް ކަނޑައަޅައިފައެވެ. އެހެންކަމުން އީދު ބަންދަށް ޖުމްލަ 9 ދުވަސް ލިބޭނެއެވެ.

މިއަދު އޮންލައިން