ޓެކްސީގަ ހުޅުމާލެއަށް ކުރާ ދަތުރުތަކުގަ ގެއަށް ގެންގޮސްދޭން 25 ރުފިޔާ އިތުރަށް ނެގި ޑްރައިވަރަކު 750 ރުފިޔާއިން ޖުރުމަނާކޮށްފި ކަމަށް ބުނާ ޓްވީޓެއް ޢާންމުވެއްޖެއެވެ.
އެ ޓްވީޓުގައިވާ ވީޑިއޯގައި ޑްރައިވަރު ބުނަނީ ސަރުކާރުގެ އަގުގައި ގެއަށް ގޮސްދިނުން ނުހިމެނޭ ކަމަށެވެ.
ޑްރައިވަރު ޖުރުމަނާކޮށް އިތުރަށް ނެގި 25 ރުފިޔާ ދަތުރުކުރި މީހާއާއި ހަވާލުކޮށްފައިވާ ކަމަށް ވެސް ޓްވީޓުގައި ބުނެއެވެ. މިކަމުގައި ފުލުހުންގެ ބަހެއް އަދި ވަނީ ނުލިބިފައެވެ.