ރާއްޖެއިން ޙައްޖަށް ދިއަ އެންމެން މިނާގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ރާއްޖެއިން ޙައްޖަށް ދިއަ އެންމެން މިނާގަ!

ރާއްޖެއިން ޙައްޖަށް ދިއަ އެންމެން މިހާރު ތިބީ މިނާގައި ކަމަށް ޝައިޚް އިލްޔާސް ޖަމާލް ވިދާޅުވެއްޖެއެވެ. "ދިވެހި އެންމެހައި ޙައްޖުވެރިން މިހާރު ތިބީ މިނާގައި. މާތްﷲ އެންމެހައި ޙައްޖުވެރިންނަށް މަބްރޫރު ޙައްޖެއް މިންވަރުކުރައްވާށި. އާމީން." 

މިއަދުނޫހަށް މައުލޫމާތުލިބިފައިވާ ގޮތުގައި މިނާއަށް އަދި ވަޑައި ނުގަންނަވާ 10 ވަރަކަށް ބޭފުޅުން އެބަ ތިއްބެވިއެވެ. އެއީ އެބޭފުޅުން މިނާއަށް ވަޑައިނުގެން ސީދާ ޢަރަފާތު ބިމަށް މާދަމާ ވަޑައިގަންނަވަން ބޭނުންފުޅުވާތީ ކަމަށާއި އެއީ ވަރަށް ތަނަވަސް ވީވީއައިޕީ ބޭފުޅުން ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. 

މިނާގައި ހުންނަވައިގެން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިރޭ ވިދާޅުވީ ފޯނުން ހުރިހާ ޙައްޖު ގްރޫޕުތަކާއިވެސް ގުޅުއްވަމުން ގެންދަވާ ކަމަށާއި ހާލު ބޮޑު އެއްވެސް މީހަކު ހުރިކަމުގެ މައުލޫމާތު އަދި މިހައިތަނަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. 

މިނާއަށް ހުރިހާ ޙައްޖުވެރިންނަށް ދެވިފައިވާއިރު ޢަރަފާތު ދުވަސް، މާދަމާ އިރުއެރުމުގެ ކުރިން ޢަރަފާތު ބިމަށް ދިއުމަށް ހުރިހާ ޙައްޖު ގްރޫޕުތަކުންވެސް މަސައްކަތް ކުރާނެއެވެ. މިނާއިން ޢަރަފާތަށް ދިއުމަކީ ގަދަވެ ސަލާމަތުން ތިބޭ ޞިއްޙަތު ރަނގަޅު މީހުންނަށް ފައިމަގުގައިވެސް ކުރެވޭނެ ކަމެކެވެ.

 

މިއަދު އޮންލައިން