އިންޑިއާގެ ކެރެލާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ހިނގާފާނެ ހިތާމަވެރި ހާދިސާއަކަށް ދިވެހިން ސަމާލުވުމަށް ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓުން އިލްތިމާސްކޮށްފިއެވެ.
މިހާލަތުގައި އެއްވެސް އެހީތެރިކަމެއް ބޭނުންނަމަ ކޮންސިއުލޭޓްގެ ހޮޓްލައިނަށް ގުޅުމަށް ދިވެހި ކޮންސިއުލޭޓުންވަނީ އެދެއެވެ. އަދި ދިވެހިންގެ ހާލަތު ގާތުން ބަލަމުން ގެންދާކަމަށްވެސް ދިވެހި ކޮންސިއުލޭޓުންވަނީ ބުނެފައެވެ..
ކެރެލާއަށް ކުރަމުންދާ ވިއްސާރައިގަ ފެންބޮޑުވުމުގެ ސަބަބުން ސްކޫލްތަކާއި އަދި ކޮޗިން އެއާޕޯޓްވެސްވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ.
މިހާދިސާގައި މިހާތަނަށް 29 މީހަކުވަނީ މަރުވެފައެވެ.