މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމްގެ "އަނދުން ހުސެއިން ފައުންޑޭޝަން" އިން އީދު ހަދިޔާގެ ގޮތުގައި ދާއިރާގެ 5 ކުއްޖަކަށް ސްކޯލަރޝިޕްގެ ފުރުސަތުދިނުމަށް ނިންމައިފިއެވެ.
އަނދުން ހުސެއިން މިއަދު ކުރިޓްވީޓެއްގައި ވީދާޅުވީ މިފަހަރުގެ އީދު ހަދިޔާގެގޮތުގައި ސައިރިކްސް ކޮލެޖުގައި ކިޔެވުމުގެ 5 ސްކޯލަރޝިޕްގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. މީގެތެރޭގައި މާސްޓާސް ލެވެލްގެ 2 ފުރުސަތާއި ބެޗްލާސް ޑިގްރީގެ 1 ފުރުސަތާއި އަދި 2 ޑިޕޮލޮމާގެ ފުރުސަތު ހިނެނެއެވެ.
އަނދުން ހުސެއިން ވިދާޅުވެފައިވަނީ މިއުފާވެރި ހަބަރު ދާއިރާގެ ކުދިންނާ ހިއްސާކުރުމުގެ އުފަލާއެކު އީދު ތަހުނިޔާ އަރިސްކުރާކަމަށެވެ.
އަނދުން ހުސެއިން ފައުންޑޭޝަނުގެ ފަރާތުން މީގެކުރިން ވަނީ އަމިއްލަ ޙަރަދުގައި ރާއްޖޭން ބޭރުން މަތީ ތަޢުލީމް ޙާސިލް ކުރެވޭނެ މާލީ ތަނަވަސްކަން ކުޑަ ދަރިވަރުންނަށް އަމާޒުކޮށްގެން ހެންވޭރު ދެކުނު ދާއިރާގެ 5 ކުއްޖަކަށް އިންޑިއާގެ ބެންގަލޫރު ގާރޑަން ސިޓީ ޔުނިވަރސިޓީ ގެ ސްކޯލަރޝިޕްގެ ފުރުސަތު ދީފައެވެ.
އަނދުން ހުސެއިން ފައުންޑޭޝަނުން ބުނެފައިވަނި މި ސްކޯލަޝިޕަކީ ދާއިރާގެ ޒުވާނުން ބިނާކޮށް މަތީ ތައުލީމް ޙާސިލްކުރަން ބޭނުންވާ ދަރިވަރުންގެ ތެރެއިން ކޮންމެ އަހަރަކު 5 ދަރިވަރަކަށް ދެއްވަން ހަމަޖެހިފައިވާ ފުރުސަތެއް ކަމަށެވެ.
މިއީ މިހާތަނަށް ހެންވޭރު ދެކުނު ދާއިރާގެ މަޖްލިސް މެންބަރަކު ފުރަތަމަ ފަހަރަށް ދައިރާގެ ޒުވާނުން ބިނާކޮށް މަތީ ތައުލީމް ޙަސިލް ކުރުމުގެ ފުރުސަތު ހޯދައިދެއްވުމަށް ކޮށްދެއްވާ ހިދުމަތެކެވެ.