މިއަދުވެސް ބޮޑު ޖަމާއަތުގައި ކުރަން ހަމަޖެއްސި ޢީދު ނަމާދު ވަނީ ކެންސަލްކުރަން ޖެހިފައެވެ.
މިއަދުގެ ބޮޑު ޖަމާއަތް ކެންސަލްކުރީ ރެއިން ސުރެ ވިއްސާރަ ދައްކަމުން އައިސް ފަތިހު ވާރޭ ވެހުމުންނެވެ.
އެންމެ ފަހު ވަގުތު ބޮޑު ޖަމާއަތް ކެންސަލްކުރަން ޖެހުމުން މިއަދުވެސް ގިނަ ބައަކަށް ނަމާދުކުރަން ޖެހުނީ މިސްކިތްތަކުން ބޭރުގައެވެ. އެންމެ ފަހު ވަގުތު ކެންސަލް ކުރަން ޖެހުމުންނާއި ހެނދުނު ވާރޭ ނުވެހޭތީ އާއި ކެންސަލް ކުރިކަމުގެ މައުލޫމާތު ނުލިބި އޮތުމުން ގިނަ އަދަދަދެއްގެ ޢާއިލާތައް އެކުގައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރުމަށް ސްޓޭޑިއަމް ސަރަހައްދަށް ދިއައެވެ.
ފިޠުރު ޢީދުގައިވެސް ވިއްސާރަވުމުގެ ސަބަބުން ވަނީ ބޮޑު ޖަމާއަތް ކެންސަލް ކުރަން ޖެހިފައެވެ. އެހެންކަމުން މިއަހަރުގެ ދެ ޢީދު ނަމާދުވެސް ވަނީ ބޮޑު ޖަމާއަތުގައި ކުރަން މާލޭގައި ފުރުޞަތު ނުލިބިފައެވެ.