މިއަދު ހަވީރު ވިލިމޭލެ ބީޗް ސަރަހައްދުން ކެނޯއި އެއްގައި ދިޔަ ދެ ފިރިހެނަކު ގެއްލިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިއަދު ހަވީރު 17:00 ހާއިރު ވިލިމާލެ ބީޗް ސަރަހައްދުން އޮރެންޖް ކުލައިގެ ކެނޯއި އެއްގައި ދިޔަ ދެ ފިރިހެނުން ގެއްލިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެދެމީހުން ހޯދުމުގެ މަސައްކަތް މެރިން ޕޮލިސްއާއި އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުން އެބަދެއެވެ.
ގެއްލިގެން ހޯދަމުންދަނީ 20 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެކެވެ.