ބ. ހިތާދޫގައިވެސް ޢީދު ފާހަގަކުރަން ކުލަޖަހައި އުފާކުރިއެވެ. ނަމަވެސް ތަފާތު ގޮތަކަށެވެ.
ކުލަޖެހުމުގެ ޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އަންހެނުން އަންހެނުންގެ ގައަށް ކުލަޖަހައި ފިރިހެނުން ފިރިހެނުން ފިރިހެނުންގެ ގައަށް އަދި ޢާއިލާތަކުން ޢާއިލާގެ މީހުންނަށް ކުލަޖަހައިގެންނެވެ.
އެހެންކަމުން ހިލޭ އަންހެނުން ހިލޭ ފިރިހެނުން ފަހައި ދުވާކަށް ނުޖެހެއެވެ. އަދި ހިލޭ ފިރިހެނުން ހިލޭ އަންހެނުން ފަހައި ދުވާކަށްވެސް ނުޖެހެއެވެ. ބައްދައި އޮޅުލައި ހަދާކަށްވެސް ނުޖެހެއެވެ.
ގިނަ އަދަދެއްގެ ދީނީ ޢިލްމުވެރިން އެރަށަކަށް ނިޞްބަތްވެވަޑައިގަންނަވާ ހިތާދޫއަކީ އިސްލާމް ދީނުގެ ކަންކަމުގައި ވަރަށް ހަރުދަނާ ނަމޫނާ ދައްކަމުން ގެންދާ ރަށެއްކަން ފާހަގަކުރެވެއެވެ.
މިއަދުގެ ޚުޠުބާގައިވެސް ވަނީ ﷲ ތަޢަލާ ހުއްދަ ކުރައްވާފައިވާ އިންތަކުގެ ތެރެއިން ކުޅިވަރުތައް ކުޅެ އުފާ ފައުޅުކުރުމަށް އިލްތިމާސްކުރައްވައިފައެވެ.
