އެއާޕޯޓް ޓެކްސީތައް ކޮންޓްރޯލް ކުރާނެ ސްޓޭންޑަކަށް ބޭނުން ބޮޑުވެފަ - ފަސިންޖަރު އަރާ ޓެސީގަ ލަގެޖް އުފުލަން ދެކޮޅު ހަދަން ފަށައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
އެއާޕޯޓް ޓެކްސީތައް ކޮންޓްރޯލް ކުރާނެ ސްޓޭންޑަކަށް ބޭނުން ބޮޑުވެފަ - ފަސިންޖަރު އަރާ ޓެސީގަ ލަގެޖް އުފުލަން ދެކޮޅު ހަދަން ފަށައިފި!

އެއާޕޯޓަށް އަންނަ ފަތުރުވެރިން އުފުލާ ބައެއް ޓެކްސީތަކުން، ފަސިންޖަރުންގެ ލަގެޖް އުފުލަން ދެކޮޅު ހަދައި ވަކި ޓެކްސީއެއްގައި ލަގެޖް އުފުލަން ޑިމާންޑްކުރަން ފަށައިފިއެވެ. އެއިގެ މާނަކައަކީ 2 ޓެކްސީއަށް ޚަރަދުކުރަން ޖެހުމެވެ. 

މާލޭގައި ނަމަ މިފަދަ ކަމެއް ކުރިމަތިވުމުން ދެވަނަ ޓެކްސީއެއްގެ ޚިދުމަތް ހޯދުމުގެ ފުރުޞަތު ބޮޑު ނަމަވެސް އެއާޕޯޓުގައި ގިނަ ފަހަރު އެއީ ފަސޭހަކަމެއް ނޫނެވެ. މާލޭގައި ނަމަވެސް ޓެކްސީ ލިބުމުގެ ދަތިކަން އޮތް ވަރުން ފުރަން ދާން އުޅޭ މީހާއަށް އިތުރު ވަގުތު ހޭދަކުރަން ޖެހިއްޖެ ނަމަ ދަތިތައް ކުރިމަތިވުމަކީ ވަރަށް ގާތް ކަމެކެވެ. 

އެއާޕޯޓަކީ ޤައުމުގެ މޫނުބަލާ ލޯގަނޑު ކަމަށް ބެލެވެނީ އެއީ ފަތުރުވެރިން އައިސް ޤައުމަށް ފައިބާ ފުރަތަމަ މަންޒިލްކަމަށްވާތީއެވެ. އެތަނުން ކުރިމަތިވާ ކަންކަމަކީ އެމީހަކަށް އެ ޤައުމާއިމެދު ކުރެވޭ ފުރަތަމަ އިޙްޞާޞް ކަމަށްވާތީއެވެ. 

ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެއާޕޯޓުން ދަތުރުކުރާ ޓެކްސީތައް ޢާންމުގޮތެއްގައި ކޮންޓްރޯލް ކުރަނީ ނިޒާމެއްގެ ތެރެއިންނެވެ. އެކަމަށް ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައިގެންނެވެ. ޚިދުމަތް ދޭނެ ޑެސްކެއް ނުވަތަ ކައުންޓަރެއް ބަހައްޓައި ކަންކަން ބެލެހެއްޓޭނެ ނިޒާމެއްގެ ތެރެއިންނެވެ. 

ރާއްޖޭގައި އެއާޕޯޓުން ޓެކްސީގެ ޚިދުމަތް ލިބެން ފެށީ ދާދިފަހުން ކަމަށްވާތީ އެފަދަ އިންތިޒާމެއް އަދި ހަމަޖެހިފައި ނެތް ނަމަވެސް މިއީ މިހާރުން މިހާރަށްވެސް ހަމަޖައްސަން ޖެހިފައިވާ ކަމެއްކަން މިދަނީ ފާހަގަކުރެވެމުންނެވެ. މިކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ އާއި އެމްއޭސީއެލް އަދި އެމްއެމްޕީއާރުސީގެ ސަމާލުކަން މިވަނީ ބޭނުންވެފައެވެ. 

ސަރުކާރުން ހަދާ ޤަވާއިދުތަކަށް ޑްރައިވަރުން ހިތް ހަމަ ނުޖެހި އެކަމުގެ އަސަރު ފަތުރުވެރިންނަށް ކުރުމަކީ، އަދި ފަތުޔރުވެރިންގެ ކުރިމަތީގައި ހަރުކަށިކޮށް ވާހަކަ ދެއްކުން ފަދަ ކަންކަން ކުރުމަކީ ރާއްޖެ ފަދަ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށް ހުރިހާ ގޮތަކުން ބެލި ނަމަވެސް ވަރަށް ގެއްލުންހުރި ކަމެކެވެ. މަދު ޓެކްސީ ޑްރައިވަރުންގެ ކިބައިން ނަމަވެސް މިފަދަ އަމަލުތައް ފެނުމަކީ އެކަމުގެ އަސަރު މުޅި ޤައުމުގެ އިޤްޠިޞާދަށް ކުރާނެ ކަމަކަށްވާތީއެވެ. 

މިފަދަ މައްސަލައެއް ކުރިމަތިވި އެއާޕޯޓް ރެޕެއްގެ އަޑު އައްސަވައިލައްވާށެވެ! 

ވީޑިއޯ:  

މިއަދު އޮންލައިން