ކުރެއްދޫ ރިސޯޓުގެ ޔޮޗެއް އަޑިއަށްދަނީ!

ކިޔުމަށް ހޭދަވާނީ 38ސ
ކުރެއްދޫ ރިސޯޓުގެ ޔޮޗެއް އަޑިއަށްދަނީ!

ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގެ "މުނާ" ނަމަކަށް ކިޔާ ޔޮޗެއް އަޑިއަށްދާތީ، އެޔޮޗް ފުން ކުރުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުން އެބަދެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެޔޮޗް ދިއްފުށިމާދޫ ބޭރުގައި އަޅާފައި އޮއްވާ، މޫސުން ގޯސްވެ ވައިގަދަ ވުމުގެ ސަބަބުން ދިއްފުށިމާދޫ ފަރަށް އަރައި އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ފަތިހު 5:35 ހާއިރު ކަމަށެވެ.

ޔޮޗް ފަރަށް އެރިއެރު އޭގައި ތިބީ ކެޕްޓަން އާއެކު ދެ ފަޅުވެރިން ކަމަށެވެ. ޔޮޗް އަޑިއަށްދާން ފެށުމުން އެމީހުން ފަތާފައި ގޮސް ދިއްފުށިމާދޫ އަށް އެރި ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ޔޮޗް ފުން ކުރުމުގެ މަސައްކަތް މިހާރު އެމްއެންޑީއެފް އިން ދަނީ ކުރަމުންނެވެ.

މިއަދު އޮންލައިން