ޙައަޖަށް ގޮސް އުޅެނިކޮށް ދައްތައަށް ސްޓްރޯކެއް ޖެހި ކޯމާއަށް ދިއުމުން ދައްތަ ނިޔާވެއްޖެ ކަމަށް ބައެއް ނޫސްތަކުން ހާމަކުރި ކަމަށާއި އެކަމުގެ ސަބަބުން ޢާއިލާއަށް ވަރަށް ބޮޑު ހިތްދަތި ކަމެއް ލިބި ކަށުނަމާދުކުރަން ވެސް ތައްޔާރުވި ކަމަށް ޢާއިލާގެ މީހަކު ބުނެފިއެވެ.
"ކޯމާގަ ނަމަވެސް ދިރިއޮއްވައި މަރުވެއްޖެ ބުނަން ހެޔޮނުވާނެނު! ޙާލު ކިތަންމެ ސީރިއަސް ނަމަވެސް ދައްތަ އަދި އަދި އޮތީ ދިރި."
އޭނާ ބުނީ ޢާއިލާގެ 3 މީހަކު ހައްޖަށް ދިއަ ކަމަށެވެ. "ބޭބެ އާ ދައްތައަކާ ބޭބެގެ އަންހެނުން ހައްޖަށް ދިއައީ. ބޭބެގެ އަންހެނުންނަށް ސްޓްރޯކެއް ޖެހިފައިވަނީ."
އޭނާ ބުނީ ބޭސްކުރުމުގެ ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ބަލަހައްޓައިދެމުން ގެންދާ ކަމަށެވެ. އަދި އެކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ. "މައްކާގެ ހޮސްޕިޓަލަކަށް ބަދަލުކުރެވޭވަރު ވެސް ނުވެގެން މިއުޅެނީ. އަޅުގަނޑުމެން އެދެނީ އެންމެންވެސް ދައްތައަށްޓަކައި ހެޔޮ ދުޢާކޮށްދެއްވުން!" އޭނާ ބުނެފައިވެއެވެ.