ޓްރީޓޮޕް ހޮސްޕިޓަލުގެ އެމަރޖަންސީއަށް ދެއްކުމުގެ އަގުތައް ހެޔޮކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
ޓްރީޓޮޕް ހޮސްޕިޓަލުގެ އެމަރޖަންސީއަށް ދެއްކުމުގެ އަގުތައް ހެޔޮކޮށްފި

ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލުގެ އެމަރޖަންސީއަށް ދެއްކުމުގެ އަގުތައް މިއަދުންފެށިގެން ހެޔޮކޮށްފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެފައިވަނީ އެމަރޖަންސީގެ ޚިދުމަތަށް ގެނައި ބަަދަލުތަކަށް މިއަދުން ފެށިގެން އަމަލުކުރުމަށް ނިންމާފައިވާ ކަމަށާއި ޢަދި 24 ގަޑިއިރު މެދުކެނޑުމެއްނެތި މިޚިދުމަތް ލިބެމުންދާނެކަމަށެވެ.

މީގެއިތުރުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސްޕެޝަލިސްޓުންނަށް އައުޓް-ޕޭޝަންޓް (އޯ.ޕީ.ޑީ) ޙިދުމަތްދެވޭ ގަޑިތައް ވެސް ވަނީ ރޭގަނޑު 22:30ގެ ނިޔަލަށް އިތުރުކޮށްފައެވެ. 

މާލެއިން ޓްރީ ޓޮޕް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަންދާން ބޭނުންވާ ފަރާތްތަކަށް އިތުރު ފީ އަކާއި ނުލާ ދަތުރުފަތުރުގެ އިންތިޒާމް އެ ހޮސްޕިޓަލުން ހަމަޖައްސައިދެއެވެ.

 

 

މިއަދު އޮންލައިން