ޗުއްޓީ އަށް ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ދިވެހިން ހޭދަ ކުރާ މިންވަރު ވިހި އިންސައްތަ އިތުރުވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 52ސ
ޗުއްޓީ އަށް ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ދިވެހިން ހޭދަ ކުރާ މިންވަރު ވިހި އިންސައްތަ އިތުރުވެއްޖެ!

ޗުއްޓީ އަށް ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ދިވެހިން ހޭދަ ކުރާ މިންވަރު %20 އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ދިރާސާ އިން ދައްކައިފި އެވެ.

ދިވެހިން ރާއްޖެ އިން ބޭރަށް ކުރާ ދަތުރުތަކާ ގުޅޭ ގޮތުން އެމްއެމްއޭ އިން ކުރި ސާވޭގެ ރިޕޯޓު އާއްމުކޮށްފައިވާއިރު ދިވެހިން ޕީކް ސީޒަނަށް ވުރެ އޯފް ޕީކް ސީޒަނުގައި ބޭރުގައި ހޭދަ ކުރާ މިންވަރު ވަނީ އިތުރުވެފައިވާކަމަށް އެރިޕޯޓުން ވަނީ ދައްކާފައެވެ. އޯފް ޕީކް ސީޒަނުގައި ޗުއްޓީ އަށް ދިޔަ ދިވެހިން 1065 އެމެރިކާ ޑޮލަރު ހޭދަ ކުރިއިރު، ޕީކް ސީޒަނުގައި ހޭދަ ކުރީ 890 ޑޮލަރެވެ. 

މި ރިޕޯޓުގައިވާގޮތުން ބޭހަށް ދާ ދިވެހިން ހޭދަ ކުރި މިންވަރު %14  އަށް އިތުރުވިއިރު ވިޔަފާރި ނުވަތަ ރަސްމީ ބޭނުމަށް ރާއްޖެއިން ބޭރަށް ދިޔަ ދިވެހިން ހޭދަކުރި މިންވަރަށް ވަނީ %5 ގެ އިތުރުވުމެއް އައިސްފައެވެ. 

އެމްއެމްއޭގެ މިސާވޭގައި ދަތުރުގެ ހަރަދުގެ ގޮތުގައި ބަލާފައި ވަނީ ޓިކެޓުގެ އަގު ނުހިމަނާ ބޮލަކަށް ޖެހޭ މިންވަރެވެ.

 

 

މިއަދު އޮންލައިން