ޢީދުކުޅިވަރުގެ ތެރެއިން ފެންޖެހުމުން އަންހެނަކަށާ ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނީ މިހާދިސާގައި އަނިޔާވެފައިވަނީ 21 އަހަރުގެ އަންހެނަކަށާއި 7 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށެވެ.
ފުލުހުން ބުނީ މިހާދިސާ ހިނގަން މެދުވެރިވީ ސަކަލެއްގައި ދުއްވާފައި ދަނިކޮށް ޕިކަޕެއްގައި އައި ބައަކު ފެންޖެހުމުން ސައިކަލުން ވެއްޓި ކަމަށެވެ. އަދި އިއްޔެ މަޑުއްވަރީގައި ހިނގި މިހާދިސާގައި ސީރިއަސް އަނިޔާތަކެއް ނުލިބޭ ކަމަށްވެސް ފުލުހުން ބުނެއެވެ.
މިއަހަރުގެ ޢީދަކީ ޢީދު ކުޅިވަރުގެ ނަމުގައި ކުރެވޭ ބައެއް ކަންކަމުގެ ސަބަބުން ގިނަ މައްސަލަތަކެއް ކުރިމަތިވި ޢީދެއްކަން ފާހަގަކުރެވެއެވެ.