ހިންނަވަރުގައި އީދު ޝޯވގެ ތެރެއިން ދެ ރަށެއްގެ ބައެއްގެ މެދުގައި ހަމަނުޖެހުން ހިންގައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
ހިންނަވަރުގައި އީދު ޝޯވގެ ތެރެއިން ދެ ރަށެއްގެ ބައެއްގެ މެދުގައި ހަމަނުޖެހުން ހިންގައިފި

ޅ.ހިންނަވަރުގައި ރޭ ކުރިއަށްދިޔަ އީދު ޝޯވގެ ތެރެއިން ދެ ރަށެއްގެ ބައެއްގެ މެދުގައި ހަމަނުޖެހުން ހިންގައިފިއެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ ހިންނަވަރުގައި ކުރިއަށްދިޔަ އީދު ޝޯވ ބަލަންތިބި މީހުންގެ ތެރެއިން ދެ ރަށެއްގެ ބައެއްގެ މެދުގައި ޒުވާބުކޮށް ހަމަނުޖެހުން ހިންގާކަމުގެ މައުލޫމާތު ރޭ 12:18 ހާއިރު ލިބިމާގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް އެމީހުންގެ މެދުގައި އުފެދުނު ހަމަނުޖެހުން ކޮންޓްރޯލްކޮށް އެމީހުން އެ ސަރަހައްދުން ފޮނުވާލާފައިވާ ކަމަށެވެ.

މި ހަމަނުޖެހުން ހިނގީ ކޮންސަބަބަކާހުރެކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މީގެއިތުރުން ކޮޅުމަޑުލު ވޭމަންޑޫގައި ވެސް ޢީދު ކުލަ ޖެހުމުގެ ހަރަކާތްތައް ހިނަގުމުގެ ތެރޭގައި 31 އަހަރުގެ ފިރިހެނަކު 19 އަހަރުގެ އަންހެން ކުއްޖަކާއިމެދު ބަދު އަޚްލާޤީ އަމަލު ހިންގި ކަމުގެ މައްސަލައެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

 

މިއަދު އޮންލައިން