ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ޗައިނީޒް ކުޒީން ވޯލްޑް ޗެމްޕިއަންޝިޕް ގައި ރާއްޖޭގެ ޝެފުން ބައިވެރިވެއްޖެއެވެ.
ޝެފް ގިލްޑް އޮފް މޯލްޑިވްސްގެ ފަރާތުން މިމުބާރާތުގައި ބައިވެރިވާ 6 ޝެފުންނަކީ ފާރަފުށި މޯލްޑިވްސްގައި މަސައްކަތްކުރާ މުޙައްމަދު އާދިލްއާއި، ފޯރ ސީޒަންސް މޯލްޑިވްސް އެޓް ލަނޑާ ގިރާވަރުގައި މަސައްކަތްކުރާ އަޙްމަދު މާޒިމްއާއި، މަލަހިނި ކުޑަ ބަނޑޮސްގައި މަސައްކަތްކުރާ ރިއްފަތު މުޙައްމަދާއި، ބަރޮސް މޯލްޑިވްސްގެ އިބްރާހިމް ނާތިފް އަދި އޮއިޝީގެ އޯނަރު އަޙްމަދު ފަތީންގެ އިތުރުން ކަލިނަރީ ކޮންސަލްޓެންޓެއްކަމަށްވާ އިބްރާހިމް ނައީމްއެވެ.
ކޮންމެ ދެ އަހަރަކު ބާއްވަމުން އަންނަ މިމުބާރާތުގައި ރާއްޖެއިން ބައިވެރިވާ ޓީމުގައި ހިމެނީ ކުރިންވެސް އެހެން މުބާރާތްތަކުގައި ބައިވެރިވެ ރަން ވަނަ ހޯދި ޝެފުންނެވެ.