ނިދީގައި އާދަޢާ ޚިލާފް މައްސަލަތައް ހުންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދަން އަވަސްވެގަންނަން ޖެހެއެވެ.
ޑޮކްޓަރުންގެ ޓީމަކުން ކުރި ދިރާސާތަކަށްފަހު ބުނެފައިވަނީ ރަނގަޅަށް ނުނިދޭ ނަމަ އެމީހުންނަށް ނިދޭވަގުތު އެމީހުންގެ ހަށިގަނޑު ހުއްޓުމަކަށް އަންނަ ކަމަށާއި އެފަދަ ވަގުތުތަކުގައި ހިތް ހުއްޓުން ފަދަ މައްސަލަތައް ކުރިމަތިވެ ބައެއް މީހުން އެކަމުގެ ތެރޭގައި ދުނިޔެ ދޫކުރަމުންދާ ކަމަށެވެ.
ޑޮކްޓަރުންގެ ރިޕޯޓުގައި ބުނެފައިވަނީ ނިދި ހަމައަށް ނުލިބޭނަމަ ގިނަ މީހުންނަށް ބޮޑަށް ޤަބޫލުކުރެވިފައި އޮންނަނީ އެއީ ފިކުރުބޮޑުވުމާއި ގުޅިފައިވާ ކަމެއް ކަމަށެވެ. ނަމަވެސް އެއީ އެހައި ފަސޭހައިން އަޅައި ނުލައި ދޫކޮށްލައިގެން ވާން އޮތް ކަމެއް ނޫން ކަމަށާއި އެއީ ސްޕެޝަލިސްޓް ޑޮކްޓަރުނެގެ ލަފާ ހޯދަން ޖެހޭ ކަމެއް ކަމަށެވެ.
"ބައެއް މީހުން ނިދަން ބޭސް ކާކަށް ބޭނުމެއް ނުވޭ. އެމީހުން ބޭނުންވަނީ އަމިއްލައަށް ނިދި މެނޭޖްކުރަން. އެއީވެސް ހަމަ ރަނގަޅު ވިސްނުމެއް. ނަމަވެސް މުހިންމީ ޑޮކްޓަރަކަށް ދައްކައި ހުރި މައްސަލަތައް ދެނެގަތުން. މައްސަލައެއް ނެތްކަން ކަށަވަރުކުރުން." ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ވީހައި އަވަހަށް ނިދުމާއި ފަތިހު ހޭލައި ހަރަކާތްތެރިވުމުގެ މުހިންމުކަންވެސް ރިޕޯޓް ގައި ވަނީ ފާހަގަކޮށްފައެވެ.