މާލޭގައި އަށާރަ އަހަރުގެ ޒުވާނަކަށް ދެމީހަކުވެގެން ބިރުދައްކައި ގަދަކަމުން އޭޓީއެމަކަށް ގެންގޮސް އެޒުވާނާގެ އެކައުންޓުގައި ހުރި ފައިސާތަށް ފޭރިގެންފިއެވެ.
މިހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު ޖަމަލުއްދީން ސުކޫލް ކައިރީގައި 18 އަހަރުގެ ޒުވާނާ ހުއްޓާ އޭނާ އަށް ދެ ފިރިހެނުން، ބިރު ދައްކައިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ގަދަކަމުން ގެންދިޔައީ އޮލިމްޕަސް ކައިރީ ހުންނަ އޭޓީއެމްއަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިހާދިސާގައި ފޭރިގެންފައިވަނީ 18 އަހަރުގެ މީހާގެ އެކައުންޓުގައި ހުރި 1،700 ރުފިޔާ އެވެ.
މިމައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ވަނީ ބުންނެފައެވެ.